-8402fff9.png)
އައިޝަތު ހިދާޔާ
-8af30958.jpg)
ރާއްޖޭގައި ބާއްވާ ތިންވަނަ ޒަކާތު ކޮންފަރެންސް "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް މޯލްޑިވްސް (އިންޒެކް) 2026″ ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.
ޒަކާތު ހައުސްއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ, މި ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 28ވަނަ ދުވަހު ކަމަށެވެ. މިއީ މާލީ އަދި އިޖުތިމާއީ ނާޒުކު ހާލަތްތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި، ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމުގައި ޒަކާތުގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އިލްމުވެރިންނާއި، އިގްތިސާދީ މާހިރުންނާއި، ޒަކާތުގެ ކަންކަން ބަލަހައްޓާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މާލީ އިދާރާތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވާނެ ކޮންފަރެންސެއް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މި އަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ,"ރެޒިލިއަންޓް ފައުންޑޭޝަންސް: ޑިސައިފަރިންގ ވަލްނަރަބިލިޓީ، އިކޮނޮމިކް އިމްޕެކްޓް، އެންޑް ކޮލާބޮރޭޓިވް ސޭފްޓީ ނެޓްސް އިން މޮޑަން ސޮސައިޓީޒް"އެވެ.
މި ކޮންފަރެންސްގައި ކީނޯޓް އެޑްރެސްތަކާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެކަން ޒަކާތު ހައުސްއިން ފާހަގަކުރިއެވެ. މިގޮތުން މަޝްވަރާކުރެވޭނެ މައުލޫތަކުގެ ތެރޭގައި ގޭބިސީތަކުގެ ނާޒުކު ހާލަތަށް އަންނަމުންދާ ބަދަލުތަކާއި، މާލީ ދަތިކަމުގެ ސަބަބުން ކުރާ އިހްތިސާދީ އަސަރުތަކާއި، އެކި ދާއިރާތަކުގެ މެދުގައި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.
މީގެއިތުރުން, ގުޅިފައިވާ ރައްކާތެރިކަމުގެ ނިޒާމުތަކުގެ އިތުރުން ނާޒުކު ހާލަތްތަކުގައިވާ އާއިލާތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ މާލީ މިނިވަންކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ބޭރު ގައުމުތަކުގައި ބޭނުންކުރާ މޮޑެލްތައްފަދަ މައުލޫތަކަށް ވެސް މި ކޮންފަރެންސްގައި މަޝްވަރާުރާނެއެވެ.
ޒަކާތު ހައުސްއިން ބުނީ, އިންޒެކް 2026 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ރަސްމީ ރަޖިސްޓްރޭޝަން ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެކަމަށެވެ.

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން