-8402fff9.png)

މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ވާޖިބުވާ ނިޞާބުގެ އަދަދު މޯލްޑިވްސް ޒަކާތު ހައުސްއިން ދަށްކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ, ނިޞާބު ދަށްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. މުދަލުގެ ޒަކާތުގެ ނިޞާބުގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 19,266.10 ރުފިޔާއެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލު ޒަކާތް ދައްކަންޖެހޭ މިންވަރު ވެސް ބަދަލުވެއެވެ.
ޒަކާތު ހައުސްއިން ބުނީ, މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރު ކަމަށެވެ. މިއަހަރުގެ އެޕްރިލް 21ވަނަ ދުވަހު ވެސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައެވެ.
އޭރު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ, 21,836.50 ލާރިއެވެ.
މުދަލު ޒަކާތް ނަގަންފެށިފަހުން އެންމެ ގިނައިން މުދަލު ޒަކާތް ލިބުނީ މިދިޔަ އަހަރުކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ, 107.21 މިލިއަން ރުފިޔާއެވެ.
-8af30958.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-732df981.png)
5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން