-8402fff9.png)

މި އަހަރުގެ މެއި މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަށް 2026ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ޖުމުލަ 7,587,956.14 (7.59 މިލިއަން) ރުފިޔާއެވެ. އަދި މި އަހަރުގެ މެއި މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވަނީ ޖުމުލަ 2,685,834.30 (2.7 މިލިއަން) ރުފިޔާއެވެ.
2026ވަނަ އަހަރުގެ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މެއި މަހު ލިބިފައިވަނީ 4.33 މިލިއަން ރުފިޔާ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ.
މެއި މަހު އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1,483,960.50 (1.49 މިލިއަން) ރުފިޔާއެވެ.
މީގެ ތެރޭގައި ހިމެނެނީ:
މި މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށް ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
މީގެ އިތުރުން، ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 (1.04 މިލިއަން) ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ހާމަކުރެ އެވެ.
މީގެ ތެރޭގައި ހިމެނެނީ:
މި މަސައްކަތްތަކަކީ އިސްލާމީ އިލްމު ކުރިއެރުވުމަށާއި، ތައުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެއްކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
-8af30958.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
-732df981.png)
5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން