-8402fff9.png)

އަޙްމަދު ޝާބިން

މާލޭގެ ބޮޑުތަކުުރުފާނު މަގުގެ ތަރައްގީކުރަން ހަމަޖެހިފައިވާ ސަރަހައްދު --
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އައު ފިޔަވަހި ފެށުމަށްޓަކައި، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް މިރޭ މަގު ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދު ބަންދުވާނެތީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ފަށާ ފިޔަވަހީގައި 600 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރުމަށް ހަމަޖެހިފައިވާއިރު، 700 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރާނެއެވެ.
އެ ކުންފުނިން ލަފާކުރާ ގޮތުގައި، މިހާރު ތާވަލުކޮށްފައިވާ ގޮތަށް މަސައްކަތް ކުރިއަށްދާނަމަ، މޭ މަހުގެ ނިޔަލަށް މުޅި މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.
ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ދެ ސެގްމެންޓެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެއީ ރަސްމީ ފާލަމުން ފެށިގެން އެމްޕީއެލްއާ ހަމައަށެވެ. އެންމެ ފަހުން ތަރައްގީކުރި އެމްއެމްއޭއިން ފެށިގެން އެމްޕީއެލް ސަރަހައްދާ ހަމައަށްވާ ބައި ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ އެންމެ ދެ މަސް ދުވަހުގެ ތެރޭގައެވެ.
މިހާރު އެ ސަރަހައްދު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ގޮތަށް ބަދަލުކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 144 މިލިއަން ރުފިޔާއެވެ.
މި މަސައްކަތް ނިމުމުން މާލޭގެ ބޭރުމަގުގެ ބޮޑު ސަރަހައްދެއް ޒަމާނީ ފެންވަރަށް ބަދަލުވެ، ޓްރެފިކް ފްލޯއަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

18 ދުވަސް ކުރިން
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން