-8402fff9.png)

ޢާއިޝަތު ނުޒުހާ

ފޮނަދޫ ކައުންސިލް އަދި ޑަބްލިޔުޑީސީ ގޮނޑިތައް ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓުން -
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުاللهގެ ރަށުން ޕީއެންސީއަށް ސައްތައިން ސައްތައިގެ ނަތީޖާއެއް ހޯދައިދީފިއެވެ.
ވަރަށް ވާދަވެރިކޮށް ފެނިގެން ދިޔަ ފޮނަދޫގެ ކައުންސިލް ފަސް ގޮނޑި އަދި ޑަބްލިޔުޑީސީގެ ފަސް ގޮނޑި ހިމެނޭހެން ޖުމްލަ 10 ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީއިންނެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ރިޔާޒެވެ. ކައުންސިލްގެ ގޮނޑި ކާމިޔާބިކޮށްފައިވަނީ އަހުމަދު މަމްދޫހު, އަބްދުއްރައޫފް ހުސައިން, ވަރުދާ ހުސައިންގެ އިތުރުން އައިޝަތު އަޒީމާއެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކުގެ ގިނަ ގޮނޑިތައް ޕީއެންސީއިން ކާމިޔާކޮށްފައިވާއިރު, ސިޓީތަކުގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

2 މަސް ކުރިން

3 މަސް ކުރިން
-747f4366.jpg)
4 މަސް ކުރިން

4 މަސް ކުރިން
-310dc2f0.jpg)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން