-8402fff9.png)
އައިޝަތު ހިދާޔާ

އަބްދުއްރަހީމް ބާރަށުގައި -- ފޮޓޯ/ ބާރަށު ކައުންސިލް
ގައުމީ ދުވަހަކީ ހަމައެކނަި ކުޅިވަރުތަކެއް ކުޅެ ސަރުކާރު ބަންދުކޮށް, ޗުއްޓީ ދުވަހެއް ކަމުގައި ދެކޭނަމަ އެ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ހއ. ބާރަށުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ, އަހަރެއްގެ 365 ދުވަސް ތެރެއިން އެންމެ ދުވަހެއް ގައުމީ ދުވަހުގެ ގޮތުގައި ކަނޑައަޅާނީ ވަރަށް މުހިންމު ސަބަބުތަކެއް ހުރެގެންކަމާމެދު ޝައްކެއް ނެތްކަމަށެވެ. މަރުހޫމް އިބްރާހީމް ޝިހާބާ ހަވާލާދެއްވައި އަބްދުއްރަހީމް ވިދާޅުވީ, އަހަރެއްގެ ތެރެއިން ވަކި ދުވަސްތަކެއް ހޮވައި ފާހަގަކުރަންޖެހޭ ސަބަބަކީ އެ ދުވަސްތަކާ ގުޅިފައިވާ މުހިންމު ހާދިސާތަކެއްގެ ސަބަބުން ކަމަށެވެ. އެހެންނޫންނަމަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހާއި 4ވަނަ ދުވަހާ ވެސް ތަފާތެއް ނެތްކަމަށް އިބްރާހީމް ޝިހާބު ވިދާޅުވެފައި ވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދު ޒުވާނުން ވިސްނަންވީ މުހައްމަދު ތަކުރުފާނުހިންގެވި މަގުން ހިނގާނެ ގޮތެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ ޖިހާދުން މިއަދުގެ ދަރީން ލިބިގަންނަންވީ އިބުރަތަކީ މުހައްމަދު ތަކުރުފާނު އަމިއްލަ ކުރިއެރުމުގެ ބަދަލުގައި މުޅި ގައުމުގެ މަސްލަހަތާއި މުޅި ގައުމުގެ މަންފާ ކުރިއަށް ނެރުއްވި ނެރުއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެތަކުރުފަނުގެ ޖިހާދީ އިލްހާމުން އަޅުގަނޑުމެން ވިސްނަންވީ އެތަކުރުފާނުގެ އެ ޖިހާދުތަކުން އަޅުގަނޑުމެންގެ މާދަމާގެ މުސްތަގުބަލު އުޖާލާކުރަން ," އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދައިން ޕޯޑިއަމެއްގައި ދައްކާ ވާހަކައަކުން ގައުމިއްޔަތު ދިރުވައި އާލާކުރެވިދާނެކަމަށް ގަބޫލުނުކުރައްވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ އަމަލުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ގައުމެއްގެ ތާރީޚު އެގައުމެއްގެ ރައްޔިތުންނަށް ނޭންގޭނަމަ އެ ގައުމެއްގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ, ގައުމީ ދުވަހޭ ބުނުމުން ގައިން ހީބިހި ނުނަގާނަމަ އަދި އެދުވަހާ ގުޅޭ ހަނދާންތައް ހިތަށްނާރާނަމަ, ދިވެހިންގެ ގައުމިއްޔަތާމެދު ސުވާލު އުފެއްދޭނެކަމަށްެވެ. އެހެންކަމުން ގައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އިއްޔެއިން ފިލާވާޅު ލިބިގެން މާދަމާ ބިނާކުރުމަށް އަޒުމް ކަނޑައެލުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުހައްމަދު ތަކުރުފާނު ކުރެއްވީ އެ މަސައްކަތްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, ގައުމުގެ ތާރީހު ކިޔަވާކުދިންނަށް ކިޔައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.
ކާބަފައިންގެ ގުރުބާނީ ދަސްވި ދުވަހަކުން ނޫނީ ދިވެހިންގެ ތެރޭގައި ހަގީގީ ގައުމިއްޔަތެއް ނުއުފެދޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

2 މަސް ކުރިން
-747f4366.jpg)
4 މަސް ކުރިން

4 މަސް ކުރިން
-310dc2f0.jpg)
5 މަސް ކުރިން

6 މަސް ކުރިން
6 މަސް ކުރިން

8 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން