-8402fff9.png)
ފާތިމަތު މިޝްކާ
-310dc2f0.jpg)
ޕީއެންސީއަކީ ބަޔަކު ދައްކާހާ ވާހަކައަކަށް ގުޑާނެ ޕާޓީއެއް ނޫން ކަމަށާއި، މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ބަދަހިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީ ބައިބައިކުރުމުގެ ބޭނުމުގައި ފާޑުފާޑުގެ ވާހަކަތައް ދައްކާނެކަމެއް ނެތް ކަމަށެވެ. އަދި ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ސިޔާސީ ޕާޓީކަން ފާހަގަކުރައްވައި، އެއީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ޕާޓީން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ދިވެހީންނާއި ދިވެހީންގެ ގައުމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މި ރައްދު ދެއްވާފައިވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ ޕީއެންސީގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާކަމަށް ތުހުމަތުކުރައްވައި، ރައީސް ޑރ. މުޢިއްޒު މަގާމުން ދުރުވާންޖެހޭ ވަގުތު އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި މަޝްވަރާއެއް ނެތި ކަންކަން ކުރެއްވުމުގެ ސަބަބުން ގައުމުގައި ކަންކަން ހިނގަމުންދާ ގޮތް ރައީސަށް އޮޅުންފިލާފައި ނުވާކަމަށާއި، އެކަމުގެ ސަބަބުން ސިޔާސީ ގޮތުން ރައީސް މުޢިއްޒު ވަރަށް ބޮޑަށް އެކަނިވެރިވެވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒަކީ ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ނަޝީދު ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާމެދު ރައީސް މުޢިއްޒު އަމަލުކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހަމައެއާއެކު، ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާމެދު އަމަލުކުރައްވަމުންދާ ގޮތުންވެސް އެކަން ސާފުވެގެންދާކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަންކަން ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން