-8402fff9.png)
ފާތިމަތު މިޝްކާ
-747f4366.jpg)
އިގުތިސާދާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ހައްގު އެމްޑީޕީއަށް ނޯންނާނެ ކަމަށާއި، އެ ޕާޓީގެ ސިޔާސަތުތައް ރައްޔިތުން މިހާރު ބަލައިނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން އެންމެ ފުރަތަމަ ވެރިކަމަށް އައިސް ގައުމަށް އާމްދަނީ ލިބެން ހުރި މައިގަނޑު ވަސީލަތްތަކުގެ ހިއްސާ ބޭރުގެ ފަރާތްތަކަށް ވިއްކާލި ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތް ކުރައްވައި އޭނާ ފާހަގަކުރެއްވީ، ރާއްޖޭގެ މައި އެއާޕޯޓާއި ދިރާގުގެ އިތުރުން ފެން ކުންފުނީގެ ހިއްސާ ވިއްކާލައި، ދަރަނި ނެގުމަށްޓަކައި ދައުލަތުގެ މުދާތައް ރަހުނުކުރި ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް އައި ހީނާރުކަން އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން، 12.42 ގައި އޮތް ޑޮލަރުގެ ރޭޓު 16 ރުފިޔާއަށް އުފުލި، ތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ޖެހުނުކަން އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ފައިސާ ޗާޕުކޮށް، އިންތިހާއަށް ދަރަނި ނެގިއިރު ދައުލަތަށް އާމްދަނީއެއް ލިބޭނެ ފަދަ ގޮތަކަށް ކަންކަން ރާވާފައިނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން ބޭރުގެ އެއްވެސް ފަރާތަކުން ލޯނު ނުނަގައި، ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖައްސައިގެން ރެކޯޑު އަދަދަކަށް ދަރަނި ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން "ޑޮލަރެއް ނެތް" ނަމުގައި ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު، އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީގެ ދެ ވެރިކަމުގައި ވެސް ރާއްޖޭގެ އިގުތިސާދު ވަރުގަދަ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން