-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ހުޅުމާލެ ދެވަނަ ފިޔަވަހި --
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު ހަވީރުން ފެށިގެން ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުންވުމާ ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، ބެލެވޭ ގޮތުގައި މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިންނެވެ. މި ހާދިސާއާ ގުޅިގެން ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު މިވަގުތު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
"ޚިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، އެ ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ސްޓެލްކޯއިން ބުންޏެވެ.
މިއަދު ހަވީރުން ފެށިގެން ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާއިރު، މިރޭ ކުޑައިރުކޮޅަކަށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ލިބުމަށްފަހު އަލުން ވަނީ ކަރަންޓު ކެނޑިފައެވެ. ސްޓެލްކޯއިން ދަނީ ވީ އެންމެ އަވަހަކަށް ޚިދުމަތް އިއާދަކުރުމަށް މަސައްކަތް ކުރަމުންނެވެ.
-abc52f65.jpg)
10 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން
-60a63dec.jpeg)
2 މަސް ކުރިން
-0f281ac4.jpg)
3 މަސް ކުރިން

3 މަސް ކުރިން
-b01ee6fe.jpeg)
4 މަސް ކުރިން

5 މަސް ކުރިން