-8402fff9.png)
ސައިފުﷲ އަލީ
-60a63dec.jpeg)
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮގަސްޓް 31 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުރީގެ މުދައްރިސް ނިޔާވެއްޖެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ދަނިކޮށް މަރުވީ ޅ. ކުރެންދޫ، މާޖެހިގެ، އުމުރުން 62 އަހަރުގެ މުހައްމަދު އަފީފް އެވެ.
އޭނާގެ ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު ހުޅުމާލެ މަސްޖިދު ސައިދު ބިން ސާބިތުގައެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 9 ގެ ކައިރީގައެވެ. ފުލުހުން ބުނެފައިވަނީ، އެއީ ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ ދަރިފުޅު މަސްޖިދު އަމީލް ޖަލީލުގައި އަދާކުރާ ވަޒީފާއަށް ފިންގާ ޖެހުމަށްޓަކައި ގޮވައިގެން ދިޔަ މަގުމަތީގައެވެ.
އަފީފަކީ އުމުރުން އެންމެ ޒުވާން ދުވަސްވަރުގައި އަމަލީ މައިދާނަށް ނިކުންނަވައި، ދިވެހިބަހާއި، ދީނިއްޔާތު، އަދި ތިމާވެށީގެ އިލްމުގެ މުދައްރިސުކަން ޕްރައިމަރީ އަދި ސެކަންޑްރީ ފެންވަރުގައި މާލޭގެ އެކި ސުކޫލުތަކުގައި 32 އަހަރުގެ މުއްދަތަކަށް ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރިއެކެވެ.
ދިވެހި ސަގާފަތާއި، އަދަބީ ފަންނުތަކުގައި ދަރިވަރުން ތަމްރީނުކޮށް އެކަންކަން ސުކޫލުތަކުގައި ދިރުވައި، އާލާކުރެއްވި ހިންގުންތެރިއެކެވެ. މިގޮތުން، އޭނާ ވަނީ ދިވެހި މުދައްރިސުކަން ޖަމާލުއްދީން ސުކޫލާއި، އަޙްމަދިއްޔާ ސުކޫލާއި، އަމީނިއްޔާ ސުކޫލާއި، ޅ. އަތޮޅު މަދަރުސާ އާއި، ފަރީދިއްޔާ ސުކޫލުގެ އިތުރުން ޣާޒީ ސުކޫލުގައިވެސް އިޚްލާސްތެރިކަމާއި، ފުރިހަމަކަމާއެކު އަދާކުރައްވާފައެވެ.
-29b48774.png)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d77c6edb.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-fb62d78b.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން