-8402fff9.png)

އަޙްމަދު ޝާބިން
-449459b3.jpg)
އަލްއުސްތާޒް މޫސާ ފަތުޙީ އާދަމް
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އައްޔަންކުރެއްވި އުސްތާޒު މޫސާ ފަތުޙީ އާދަމް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑު މެމްބަރު ކަމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.
ޕީއެންސީގެ އެސްޖީގެ މަގާމަށް ފަތުޙީ އައްޔަންކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ޕީސީބީގެ ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން އެ ބޯޑުން އިއުލާންކޮށްފައިވަނީ އޭގެ ފަހުންނެވެ. ޕީސީބީން ބުނެފައިވާ ގޮތުގައި ފަތުޙީ ވަނީ މިއަދު އެ ބޯޑަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.
އުސްތާޒު ފަތުޙީ އަކީ މީގެ ކުރިން ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ދާދި ފަހުން އުވާލި ލޯކަލް ގަވާންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާ ކުރެއްވިއެވެ. ފަތުޙީ އަކީ އެ މިނިސްޓްރީއަށް އެންމެ ފުރަތަމަ އައްޔަނުކުރެވުނު އެއް ސްޓޭޓް މިނިސްޓަރުވެސް މެއެވެ.
ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި މުއާޒް ޙަލީމް މި މަހުގެ 18 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒް ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކޮންގްރެސް ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅަށް އެއްބާރުލުން ދެއްވުމަށެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން