-8402fff9.png)
ސައިފުﷲ އަލީ
-9cd6b2a7.jpg)
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ހިމެނޭހެން ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑަށެވެ.
އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އައްޔަންކުރެއްވީ މ. އަހުލިހަ، މުޙައްމަދު އަރީޝްއެވެ. ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓްފާމާ)ގެ ބޯޑަށް ގދ. ތިނަދޫ ޕެންޒީމާގެ، އިސްމާޢީލް ފަރުހާދު އަޙްމަދު އައްޔަންކުރެއްވިިއިރު، އެސްޓީއޯގެ ބޯޑަށް އައްޔަންކުރެއްވީ މ. މާޅިކަ، އަޙްމަދު އިމްދާޙް މުޙައްމަދެވެ.
އަރީޝް އަކީ އީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީއެކެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ އޮގަސްޓު މަހުގެ ތެރޭގައެވެ.

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-bf889c28.jpg)
4 މަސް ކުރިން

7 މަސް ކުރިން
-449459b3.jpg)
7 މަސް ކުރިން