-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒްވަރު -- ފޮޓޯ: މިހާރު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސ. ފޭދޫ، ނެސްޕްރޯވިލާ ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޑރ. އަޒްވަރު އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޑރ. އަޒްވަރު މީގެ ކުރިން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އަދި އެމްޑީގެ މަގާމު ހުސްވުމާ ގުޅިގެން ކުންފުނީގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީވެސް އޭނާއެވެ.
ޑރ. އަޒްވަރު ވަނީ މީގެ ކުރިން ސްޓެލްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ. އެހެންކަމުން އޭނާއަކީ ކުންފުނީގެ ހިންގުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ފަހުމީއަކީ ސްޓެލްކޯގައި 27 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރެއްގެ ފެންވަރުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމު އޭނާއަށް ދެއްވާފައެވެ.
އެހެންކަމުން ސްޓެލްކޯގެ އެންމެ އިސްވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަނުމިކުރެވުނީ ހަތަރުމަސް ފަހުންނެވެ.
-abc52f65.jpg)
10 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން
-0f281ac4.jpg)
3 މަސް ކުރިން
-b01ee6fe.jpeg)
4 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން