-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ވަކިން ހާއްސަކޮށް ރޭގަނޑު ދަތުުރުކުރާނަމަ އިތުރަށް ސަމާލުވުމަށާއި، އުޅަނދުފަހަރުގެ ސަލާމާތީ ކަންކަން ފުރިހަމައަށް ހަމަކުރުމަށް އެމްއެންޑީއެފުން އިރުޝާދު ދެއެވެ.
މީގެ އިތުރުން، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށާއި، މޫސުމަށް ބެލުމަށްފަހު ނޫނީ ދަތުރުނުކުރުމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން