-8402fff9.png)

ކ. ކާށިދޫ ކަނޑަށް ސަޕްލައި ދޯންޏެއް ދިޔަވާތީ ފުލުހުން އެހީވާން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ, ދިޔަވަނީ ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްކަމަށެވެ. ދޯނި ދިޔަވާކަމުގެ މައުލޫމާތު ލިބުނީ މިއަދު 09:57 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ, މި ހަދިސާ ހިނގަން މެދުވެރިވީ ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސް ދޯނި އަރިއަޅާލުމުން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސަރަހައްދާ އެންމެ ކައިރީގައިވާ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައި ވާކަމަށް ފުލުހުން ބުންޏެވެ. ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައި ވާކަން ފުލުުން ފާހަގަކުރިއެރވެ.
މި ދޯނީގައި ތިބީ 4 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރު ވެސއް ފުލުހުން ދަނީ ކުރަމުންނެވެ.

5 ދުވަސް ކުރިން

9 ދުވަސް ކުރިން

10 ދުވަސް ކުރިން
-fcac83a1.jpg)
14 ދުވަސް ކުރިން
-ac1fd277.jpg)
25 ދުވަސް ކުރިން

29 ދުވަސް ކުރިން

30 ދުވަސް ކުރިން

2 މަސް ކުރިން