-8402fff9.png)
މިންހާ އަބްދުالله

ކުރީގެ މެމްބަރު ޖާބިރު ރައީސް މުއިއްޒުއާއެކު
ޑޮލަރުގެ އަގު މިވަރަށްވެސް ހިފެހެއްޓިފައި މިހުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ އަގު ބޮޑުވަމުންދާ ދިޔުމާ ގުޅޭގޮތުން "ނުކުތާ"އާ ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ މިންވަރުގެ ވަކި މިންވަރެއް ރާއްޖޭގެ ބޭންކުން މާރުކުރަންޖެހޭ ގޮތަށް ގެނައި ބަދަލަކީ އެފަދަ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވަމުންގޮސް މިހާރު ޑޮލަރު ގަންނަން ލިބޭ އަގަކީ 22 ރުފިޔާއެވެ. ސަރުކާރުން ފާހަގަކުރާ ގޮތުގައި މިއީ ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެކެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ވަނީ މިއީ ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ވަމުންދާ ކަމެއްކަމަށް ބުނެ ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށްދިނުމަށް ޑިމާންޑްކޮށްފަ އެވެ.
ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މި ދުވަސްވަރަކީ ރިސޯޓުތަކުގެ އޮފް ސީޒަންއަށް ވުމުންވެސް ޑޮލަރުގެ އާމްދަނީ ދަށްވާނެ ކަމަށެވެ. ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައަށް އިޝާރާތްކުރައްވައި ދުނިޔޭގައި ހިނގަމުންދާ ކޮންމެ ކަމެއްގެ އަސަރު ރާއްޖެއަށް ވެސް ކުރާނެކަން ފާހަގަކުރެއްވި އެވެ.
"މި މާރުކުރާ ޑޮލަރުގެ ބޮޑުބައެއް އަދިވެސް ދައުލަތަށް ނުވަދޭ، އެކަމަށް ރަނގަޅު ހައްލެއް ގެނެވުނީމަ މިހާރަށްވުރެ ހާލަތު ރަނގަޅުވާނެ، ގިނަ ބަޔަކަށް ގަބޫލު ނުކުރެވުނަސް ޑޮލަރުގެ އަގުބޮޑުވެ ޑޮލަރު ލިބުން ދަތިވާ ވަރަކަށް ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަގުބޮޑުވެ ހިދުމަތްތަކުގެ ވެސް އަގުބޮޑުވެގެންދާނެ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ މި ސަރުކާރުން މި އަޅާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ކުރިއަށް އޮތް ތަނުގައި ދަށްވާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކުރިއަށް އޮތް ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ތެރޭ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ ޑޮލަރުގެ އަގު ދަށްވާނެކަމަށް ގަބޫލުކުރައްވާކަމަށް ޖާބިރު ވިދާޅުވި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ވެސް އެކަމަށް އެޅިގެންދާނެ ރަނގަޅު ފިޔަވަޅެއްކަަމަށް ޖާބިރު ވިދާޅުވި އެވެ،
ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ޑޮލަރު އާމްދަނީ ލިބޭ ކުންފުނިތަކާއި ވިޔަފާރިތައް ތިން ކެޓަގަރީއަކަށް ވަނީ ބަހައިލާފަ އެވެ. އަދި ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި ކޮންމެ މަހަކު ލިބޭ ޑޮލަރު އާމްދަނީގެ 20 އިންސައްތަ މާރު ކުރަންޖެހޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން