-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމާއި، އެ ކޮމިޝަނުގެ މެންބަރުކަމުން އަލްއުސްތާޛު ޔަޒްމީދު މުޙައްމަދު މިއަދު އިސްތިއުފާދެއްވައިފިއެވެ.
ޔަޒްމީދު މަގާމުން އިސްތިއުފާދެއްވިކަން ޖޭއެސްސީން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ޔަޒްމީދު އިސްތިއުފާދެއްވުމާ ގުޅިގެން ޖޭއެސްސީން ވަނީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުގައި ހުންނަވައިގެން އޭނާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ. ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަނުކުރައްވާފައި ހުންނެވި މެންބަރެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް ޔަޒްމީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރެވުނީ އޭރު އެ މަގާމުގައި ހުންނެވި ނައިބު ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މަގާމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ.
އެގޮތުން މިހާރު ކޮމިޝަނުގައި ތިއްބެވި މެންބަރުންނަކީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ހުސްނީ މުބާރިކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީޢު އާއި، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދެވެ.
މީގެ އިތުރުން އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަޙްމަދު އުޝާމްގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވައެވެ.
-c58fa47b.jpg)
3 ދުވަސް ކުރިން

16 ދުވަސް ކުރިން
-1a3249e0.jpg)
3 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން