-8402fff9.png)

އަޙްމަދު ޝާބިން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޒު ޙަސަން ޝަފީޢު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީސްގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެމަނިކުފާނު އައްޔަން ކުރައްވާފައިވަނީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
މިރަސްމިއްޔާތުގައި ޙަސަން ޝަފީޢު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މުޙައްމަދު ސަލީމްއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙަސަން ޝަފީޢުއާއި ހަވާލުކޮށްދެއްވާފައެވެ.
ޙަސަން ޝަފީޢުއަކީ ރާއްޖެއާއި ރާއްޖޭއިން ބޭރުން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ، މިދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވުމުގެ އިތުރުން، ޤާނޫނުތައް ޑްރާފްޓްކުރުމާއި ކިޔަވައިދިނުމުގެ މަސައްކަތްވެސް ކުރައްވާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން
-c58fa47b.jpg)
3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން