-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ކޮންމެ ދައުރަކާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް ހުރިކަން އެންމެންވެސް ގަބޫލުކުރާ ކަމަށާއި، އެކަންކަން ހައްލުކުރުމަށްޓަކައި ތިން އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ:
އުޝާމް ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ގެންނަ އިސްލާހަކީ، އޭގެ މަސައްކަތް މިހާރު ފަށަންޖެހޭ ކަމެއް ކަމަށެވެ. ސަބަބަކީ އެ އިސްލާހަށް އަމަލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީން ލާޒިމްކުރާތީއެވެ.
ނަމަވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަނާއި މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭ އިސްލާހުތަކަށް ރައްޔިތުންގެ ވޯޓެއް ބޭނުން ނުވާކަން އުޝާމު ފާހަގަކުރެއްވިއެވެ.
ޕީޖީ އުޝާމް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ސަލާމަތްކުރެވޭނެ ކަމެކެވެ.
"މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" އުޝާމް ވިދާޅުވިއެވެ.
ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެން އިޞްލާޙުތަކާ ގުޅޭގޮތުން ޕީޖީ ވިދާޅުވީ، އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ އެ އިޞްލާޙުތައްވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
-c58fa47b.jpg)
3 ދުވަސް ކުރިން

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން