-8402fff9.png)
މިރާޝް މޫސާ
-eae3b4d6.jpg)
ހަތަރު މަހުގެ މުސާރައިގެ އިނާޔަތަކާއެކު ފެނަކަ ކޯޕަރޭޝަނުން ވަޒީފާއިން ވަކިވުމަށް ހުޅުވާލި ފުރުސަތުގައި 97 މުވައްޒަފަކު ހުށަހަޅާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގެ ދަށުން 97 މީހަކު އެކަމަށް އެދި ހުށަހަޅައިފިއެވެ. މި ފުރުސަތުގެ ދަށުން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުގައި ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެނަކައިން މި ފިޔަވަޅު އަޅާފައިވަނީ، އެ ކުންފުނި ދެމެހެއްޓެނިވި އަދި އުފެއްދުންތެރި ކުންފުންޏަކަށް ހެދުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގައެވެ.
ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިން ހާމަކުރެއްވި ގޮތުގައި، 8،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އެ ކުންފުނިން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް މުހުލަތު ހަމަވިއިރު، 97 މުވައްޒަފަކު ވަނީ މި ފުރުސަތުގެ ބޭނުން ހިފައި ފޯމު ހުށަހަޅާފައެވެ. ފެނަކައިން ފާހަގަކުރާ ގޮތުގައި، ބައެއް ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ނެތުމުގެ ސަބަބުން، އެއްވެސް މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން ތިބެންޖެހިފައިވެއެވެ.
ފެނަކައިގެ އިތުރުން، ސަރުކާރުގެ އެހެން ކުންފުންޏެއް ކަމަށްވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް ވަނީ މާލީ އިނާޔަތްތަކާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލާފައެވެ. މިއީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކެކެވެ.
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-526cfedb.jpg)
4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން