-8402fff9.png)
މިރާޝް މޫސާ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު މަދުވުމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދިން ޕޮޑްކާސްޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ތިބެގެން ފަސޭހައިން އާމްދަނީ ލިބޭނެ މަގު ފަހިވުމުން، ބުރަ މަސައްކަތެއްގެ ގޮތުގައި ބެލެވޭ މަސްވެރިކަން ދޫކޮށް ގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކާ ގުޅިފައިވާ ކަމަށެވެ. އަދި މަސްވެރިން މަދުވާ ސަބަބު އިތުރަށް ދެނެގަތުމަށްޓަކައި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ޚާއްޞަ ސަރވޭއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް އެދެވޭ މިންވަރަކަށް ކުޑަކުރުމުގެ ނުވަތަ 'ރައިޓް ސައިޒް' ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ބަދަލާއެކު، މަސްވެރިކަމުގެ ސިނާޢަތަށާއި އަމިއްލަ ވިޔަފާރިތަކަށް ޒުވާނުން ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުގެ ކުންފުނިތަކުގައި ނުހަނު ގިނަ އަދަދެއްގެ މުވައްޒަފުން ތިބުމަކީ އިޤްތިޞާދީ ގޮތުން އުފެއްދުންތެރިކަން އިތުރުވާ ކަމެއް ނޫން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން މިކަންކަން އިޞްލާޙުކޮށް، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން