-8402fff9.png)
ސައިފުﷲ އަލީ

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) -- ފޮޓޯ: އާފަތިސް
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
މިއީ އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯސް ކުރިއަށްދާނީ 09 ޖުލައި 2026 ވަނަ ދުވަހުގެ ރޭގަނޑު 8:15 އިން ރޭގަނޑު 11:15 އަށެވެ. މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހައިބްރިޑްކޮށް ކަމަށް އެމްއެންޔޫއިން ބުނެ އެވެ. އެހެންކަމުން މި ކޯހުގައި ފޭސް ޓު ފޭސްކޮށް އަދި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. ފޭސް ޓު ފޭސްކޮށް ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެމްއެންޔޫ މާލެ ކެމްޕަހުގަ އެވެ.
މި ކޯހުގައި 16 އަހަރުން މަތީގެ ހުރިހާ އުމުރުފުރައިގެ ކުދިންނަށާއި މީހުންނަށް ބައިވެރިވެވޭނެ އެވެ. ކޯހުގައި ބައިވެރިވުމުގެ ފަހު ތާރީހަކީ 5 ޖުލައި 2026 ވަނަ ދުވަހުގެ ރޭގެ 11:59 އެވެ. މި ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.
ކޯހުގައި ބައިވެރިވެވޭނީ ޖުމްލަ 100 ބައިވެރިންނަށް ކަމަށް އެމްއެންޔޫ އިން ބުނެ އެވެ. އެއީ ފޭސް ޓު ފޭސްކޮށް ބައިވެރިވާ ދަރިވަރުންނަށް 40 ގޮނޑި އަދި އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނަށް 60 ގޮނޑި އެވެ.
ކޯހުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ބައިވެރިންގެ ތަރުތީބުންނެވެ.
މި ކްރޭޝް ކޯސް ނިމޭއިރު ޢަރަބި ބަހުގެ އަސާސްތައް ދަސްވެގެންދާނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ. އަދި މަތީ ފަންތީގެ އަރަބި ޕްރޮގްރާމްތަކުގައި ބައިވެރިވެ ތައުލީމު ހާސިލްކުރުމަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން