-8402fff9.png)
ސައިފުﷲ އަލީ

އެމްއެންޔޫ ތެވެލި ކޮންފަރެންސް 2024 ގެ ތެރެއިން
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް 2026 އަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ސުންގަޑި ގާތްވެއްޖެ އެވެ.
ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 30 ޖޫން 2026 އެވެ.
ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސަކީ އެމްއެންޔޫގެ މުހިންމު ބައިނަލްއަގްވާމީ އެކަޑަމިކް ޕްލެޓްފޯމްތަކުގެ ތެރެއިން އެއް ޕްލެޓްފޯމެވެ.
އެކި ދާއިރާތަކުގެ ރިސާޗަރުންނާއި ސްކޮލަރުން އަދި ދަރިވަރުން ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސްއަށް އެބްސްޓްރެކްޓް ހުށަހެޅުމަށް އެ ޔުނިވާސިޓީއިން ބާރު އަޅަ އެވެ.
ކޮންފެރެންސް ފެށުމަށް ހަމަޖެހިފައިވަނީ 17 އޮގަސްޓްގަ އެވެ. އެ ދުވަހު އޮންނާނީ ހުޅުވުމުގެ ރަސްމިއްޔާތާއި އަންޑަގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމްކަމަށް އެމްއެންޔޫ އިން ބުނެ އެވެ. އޭގެ ފަހުން 18–19 އޮގަސްޓްއަށް ކޮންފަރެންސްގެ ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.
ތެވެލި ކޮންފަރެންސްގެ އާލީ ބާޑް ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 5 ޖުލައި 2026 އެވެ. ޕްރެޒެންޓަރުން ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 05 އޮގަސްޓް 2026 އެވެ.
އެކި ދާއިރާތަކުގެ ރިސާޗަރުންނާއި އިލްމުވެރިން އަދި ދަރިވަރުން މި ކޮންފަރެންސްގައި ބައިވެރިވެ އެކި ދާއިރާތަކުގެ މަސައްކަތްތަކާއި ހުށަހެޅުންތައް ހުށަހެޅުމަށް އެމްއެންޔޫއިން ބާރުއަޅަ އެވެ. އަދި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު ދިރާސާތަކާއި އީޖާދުތަކާ ގުޅިގެން މަޝްވަރާކުރުމަށް ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލާފައިވެ އެވެ.
ތެވެލި ކޮންފަރެންސްއާ ބެހޭ މައުލޫމާތު އެމްއެންޔޫ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށްފައިވާ ޕޭޖުން ލިބޭނެ އެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން