-8402fff9.png)
ފާތިމަތު މިޝްކާ

ރަސްމިއްޔާތުގައި ހީނާ ވާހަކަފުޅު ދައްކަވަނީ ފޮޓޯ: އެމްއެންޔޫ
އެކި މައުޟޫތަކަށް ސިކުނޑި ހުޅުވައި އިލްމީ ބަހުސްތައް ގިނަ ކުރަންޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ޔޫނިއަންއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ ފިކުރީ ވިސްނުންތަކާއި އައު ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ ޢިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށެވެ.
މަދުރަސީ ދައުރުގައި އަދި ޔުނިވަރސިޓީ ލެވެލްގެ އިތުރުން އެހެނިހެން ލެވެލްތަކުގައި ވެސް މިފަދަ ކަންކަމަށް ވިސްނުމާއި ބަހުސްކުރުން ފަދަ ކަންކަން އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ހީނާ ވިދާޅުވި އެވެ.
މިއަދު މި މުޖުތަމައުގެ ވެށިން ފެންނަންހުރި ކަންކަމާމެދު ޢިލްމީ ނަޒަރަކުން ބަހުސްކުރެވި، އަންނަން އޮތް ޖީލުތަކަށް ނަމޫނާއާއި ހެޔޮގޮތް ދައްކައިދިނުމަށްޓަކައި އިލްމީ ބަހުސްތަކާއި ވާހަކަތައް ވަރަށް މުހިންމުކަން ހީނާ ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން އެކި އެކި މައުޟޫޢުތަކަށް ސިކުނޑިތައް ހުޅުވާލައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާގެ ވާހަކަފުޅުގައި އެމްއެންޔޫގެ ޒުވާން ޓީމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފައިވެ އެވެ.

3 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން