-8402fff9.png)
ފާތިމަތު މިޝްކާ
ގައުމީ ޔުނިވާސިޓީ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ޖަޕާން ބަސް ދަސްކޮށްދިނުމަށް ހާއްސަ ދެ ކޯހެއް ތައާރަފްކޮށްފި އެވެ.
އެމްއެންޔޫއިން ތައާރަފްކޮށްފައިވާ ދެ ކޯހަކީ ޖަޕަނީޒް ލެންގުއޭޖު ބޭސިކް ކޯސް އަދި ޖަޕަނީޒް ލެންގުއޭޖް އިލެމެންޓްރީ 2 ކޯސް އެވެ.
މި ދެ ކޯހުގެ ވެސް މުއްދަތަކީ ފަނަރަ ހަފްތާއެވެ. މި ދެ ކޯހުގައި ވެސް ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ކުދިންނާއި މީހުންނަށެވެ.
ޖަޕަނީޒް ލެންގުއޭޖު ބޭސިކް ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. ކްލާސްތައް ކުރިއަށް ދާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ހަވީރު 3:00 އިން 5:00 އަށެވެ.
ޖަޕަނީޒް ލެންގުއޭޖް އިލެމެންޓްރީ 2 ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. މި ކޯހުގެ ކްލާސްތައް ކުރިއަށްދާނީ އާދިއްތަ އަދި އަންގާރަ ދުވަސްތަކުގައި ރޭގަނޑު 7އިން 9 އަށެވެ.
މި ދެ ކޯހުގައި ވެސް ރަޖިސްޓްރީވުމުގެ ފަހު ތާރީހަކީ 22 އޮގަސްޓް އެވެ.

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން