-8402fff9.png)

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މިއަހަރުގެ ތެލެވި އިންޓަނޭޝަނަލް ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު އެމްއެންޔޫ އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
ކޮންފަރެންސް ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ސާޖިދާ ވިދާޅުވީ, ހަގީގީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި އިލްމު ގުޅިލާމެހޭ ހިސާބުންކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން ކަމުގައި ވިދާޅުވިއެވެ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުގެ ސަބަބުން، ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުސަތުތަކެއް ހުޅުވޭކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެކަމަށެވެ.
ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫން ކަމަށާ، ބަލަންވީ، އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ހަގީގީ ބަދަލެއް އަންނަނީ، ޝައުގެއް އެކަމުގައި އޮވެމެ، ތައުލީމީ ނިޒާމަށާއި، ސިއްހީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަން އަމާޒުކުރެވުމުންކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން ސާޖިދާ ވަނީ, ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތަކާއި ހޯދުންތައް ހަމައެކަނި ޔުނިވާސިޓީ ތެރެއަށް ދޫކޮށްލުމުގެ ބަދަލުގައި، ހަގީގީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް، އެކަންކަން ނެރުމަށް ބާރުއަޅުއްވާފައެވެ. އަދި ދިރާސާއެއް އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ އެކަމެއްގެ ސަބަބުން ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އައު ހިޔާލުތައް މުޖުތަމަޢުތަކާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، އިލްމީ މުއައްސަސާތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، ސިނާޢަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވެސް އެކަމަނާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
މިއީ މި ކޮންފަރެންސް ބާއްވާ ނުވަވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "ޓްރާންސްފޮމޭޓިވް އިނޮވޭޝަން އިން ދަ 21 ސެންޗަރީ: ސައިންސް, ޓެކްނޮލޮޖީ, އެންޑް ސޮސައިޓީ"އެވެ. މިއަހަރުގެ ކޮންފަރެންސްގައި 25 ގައުމަކުން ބައިވެރިވާއިރު, މިއަހަރުގެ ކޮންފަރެންސަށް 330 ދިރާސާ ކަރުދާހެއް ހުށަހަޅައިފައި ވެއެވެ.
މި ކޮންފަރެންސްގެ ސަބް ތީމްތަކުގެތެރޭގައި ދެމެހެއްޓެނިވި މުސްތަގުބަލަކަށް މޫސުމީ ބަދަލުތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި, އީދާޖީ ޓެކްނޮލޮޖީ, ސައިންސް, ތަރައްގީ އަދި ހަމަޖެހުން, ތައުލީމު އަދި މިންތީގެ ހަމަހަމަކަން ހިމެނެއެވެ.
މި ކޮންފަރެންސްގައި މިއަދު ކުރިއަށްދާނީ އަންޑަގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމްއެވެ. ކުރިއަށް އޮތް ދެ ދުވަހު ކޮންފަރެންސްގެ ޕްރެޒެންޓޭޝަންތައް ކުރިއަށް ގެންދާނެއެވެ. ކޮންފަރެންސްގެ ކީނޯޓް ސްޕީކަރުންގެ ތެރޭގައި އެކި ދާއިރާތަކުން ތަޖުރިބާ ހާސިލްކުރާވާފައިވާ ފަސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ކޮންފަރެންސްގެ މަގުސަދުތަކުގެ ތެރޭގައި:
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން