-8402fff9.png)

މަރްޔަމް މާޙީ

2007ވަނަ އަހަރުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް މަނާކޮށް, ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ފަށައިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް, މި ގާނޫނު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ 31 މޭ 2025ގައެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުުން, 2007އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް އަދި އުފަންވާނެ ކުދިންނަށް ފުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެކެވެ. މި ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފައިވާއިރު މި އަހަރު 18 އަހަރު ފުރުނު ކުދިންނާއި, އެއަށްފަހު އުފަންވެފައިވާ ކުދިންނާއި, އުފަންވާނެ ކުދިންނަށް ދުންސަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ގާނޫނުން މަނާވީއެވެ.
އަދި އޭރު ގާނޫނަށް ގެނައި ބަދަލުގެ ދަށުން ދުންފަތުގެ ބާވަތެއްއް ވިއްކާއިރު, އެ ވިއްކެނީ އުމުރުން 21 އަހަރުން ދަށުގެ މީހަކަށް ނޫންކަން ކަށަވަރު ކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.
ދުންފަތުގެ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ކިނބިދޫ ދާއިރާގެ މެމްބަރު އަލީ އަޝްރަގު އެވެ.
ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް, ސިނގިރޭޓު ފޮށދިތަކުގައި އަދި ވިއްކާ ތަންތަނުގައި އޭގެ ސަބަބުން ލިބޭ ގެއްލުން ފެންނާނެ ހެން ހުރުމަށް ވެސް އެ ގާނޫނުގައިވެއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން