-8402fff9.png)

މަރްޔަމް މާޙީ

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ގާނޫނު ތަސްދީގު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ސިޔާސީ ވިސްނުމެއްގައި އަޅުއްވާ ފިޔަވަޅުތަކެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެހާސް ހަތްވަނަ އަހަރުން ފެށިގެން ފަހުން އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ އެ ނިންމުން ނިންމެވީ ގައުމީ ވިސްނުމުގައި ކަމަށެވެ.
އެމަނިކުފާނަށް މުހިންމީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ޙައްލު ހޯދުންކަމަށާއި، އެކަމަށް މިސަރުކާރުގެ ޕޮލިޓިކަލް ވިލް އޮންނާނެކަމުގައިރައީސް ވިދާޅުވިއެވެ.
މިއަދު ތަސްދީގުކުރެއްވި އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވާނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެންނެވެ.
އޭގެ ދަށުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެކުރުމާއި ގެންގުޅުންވެސް މަނާކުރެވޭނެއެވެ. މީގެއިތުރުން، އެފަދަ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މަނާކުރުމުގެ އިތުރުން، އެފަދަ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދެވޭނެއެވެ.
ރައީސްގެ ވާހަކަފުޅުގައި ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ ގައުމުގެ މުސްތަގުބަލައްޓަކާ ކުރެވޭ މުހިންމު ބޮޑު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ހައްސާސް މައްސަލަތަކަށް ޙައްލު ހޯދުމަށް މި ސަރުކާރުގެ ޕޮލިޓިކަލް ވިލް އޮތްކަމަށާއި، މި އިޞްލާޙު ތަންފީޒުކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވާނަމަ، ގައުމުގެ މުސްތަގުބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން