-8402fff9.png)
އައިޝަތު ހިދާޔާ

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ހަރަކާތްތައް 4.1 މިލިއަން ރުފިޔާ ޚަރަދުވެފައި ވާކަމަށް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްަޓަރު, ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, މި މުނާސަބާ ފާހަގަކުރުމަށް ޖުމްލަ 4.1 މިލިއަން ޚަރަދުވެފައި ވާކަމަށެވެ.
މިއީ މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ޚަރަދުވެފައިވާ އަދަދު ކަމަށާއި އަތޮޅުތެރޭ ވުޒާރާއިން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާތީ އެކަމަށް އެއްވެސް ޚަރަދެއް ހިނގާދައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާލެ ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ތަނެއްގައި މި ހަރަކާތްތައް ހިންގާފައެއް ނުވޭ. އެހެންވީމައި އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަށް އެއްވެސް ފައިސާއެއް ޚަރަދުކުރެވިފައި ނުވާކަން ފާހަގަކޮށްލަން," ހީނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް ފަށައިފައި ވަނީ ދިދަނެގުމުގެ ރަސްމިއްޔާތުންނެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ދައްކާލުމަށް ވަނީ ޕެރޭޑެއް ބާއްވައިފައެވެ. އަދި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑު ވެސް ވަނީ ބާއްވާފައެވެ.
މި ހަރަކާތްތައް ބައްލަވައިލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މިދިޔަ އަހަރު މިނިވަން ދުވަސް ފާހަގަކުރުމަށް ފުޅަނދު ބުރުގެ އިތުރުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ވެސް ވަނީ ބާއްވައިފައެވެ.
3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން