-8402fff9.png)
އައިޝަތު ހިދާޔާ

މާދަމާ ފާހަގަކުރާ ރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓާ އޮފް ސްޓޭޓް، އަދި ސަޢޫދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، ސައުދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަސީރެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މާލޭގައި ކުުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މިނިވަން ދުވަހުގެ ދިދަނެގުން ހެނދުނު ބާއްވާއިރު, ހަވީރު ސިފައިންނާއި ގައުމީ ކެޑޭޓު ކޯގެ ޕެރޭޑު މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބާއްވާނެއެވެ.
ދައުލަތުގެ ޚަރަދު ކުޑަކުރުމަށް, މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. ނަމަވެސް, މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި އަހަރުވެސް އޮންނާނެ އެވެ. މި ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސް މުއިއްޒު ދިވެހި ގައުމާ މުހާތަބުކުރައްވާނެއެވެ.
މިދިޔަ އަހަރު ވެސް ވަނީ މިފަދަ ހަރަކާތްތަކެއް މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވައިފައެވެ. މިދިޔަ އަހަރު މިނިވަން ދުވަހާ ދިމާކޮށް ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވިއިރު, މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން