-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފިސް
ވިޔަފާރީގެ ނަން ބޭނުންކޮށްގެން ފާހިޝް އަމަލުތައް ހިންގާ ތަންތަން ހިންގަނީ އެފަދަ ތަންތަނުގެ ބޭނުން ހިފާ ބަޔަކު ތިބުމުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު ގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވި، މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލާއި އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެންނެވެ.
"އަޅުގަނޑުމެންނަކީ ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވަމާތޯ،" ރައީސް ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު ފުލުހުންނާއި އިމިގްރޭޝަން އަދި އިގްތިސާދީ ވުޒާރާ ގުޅިގެން ދަނީ މާލެ ސަރަހައްދުގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރުމަށް އޮޕަރޭޝަނެއް ހިންގަމުންނެވެ. އެފަދަ ތަންތަނުގައި މަސައްކުރާ ބިދޭސީން ޑީޕޯޓުކުރާއިރު، އެފަދަ ވިޔަފާރިތަކުގެ ނިވަލުގައި ތިބީ ދިވެހިންކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި އެފަދަ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމުގެ މަސައްކަތްކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން