-8402fff9.png)
އައިޝަތު ހިދާޔާ

ރަސްމިއްޔާތުގައި ހީނާ ވާހަކަފުޅު ދައްކަވަނީ ފޮޓޯ: އެމްއެންޔޫ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) މަސައްކަތް ކުރާނެ ބަޔަކު ހޯދަން އެ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ, މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ޚިދުމަތް ހޯދަނީ ދެ އަހަރު ދުވަހަށް ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފަހު ވަގުތަކީ މިމަހުގެ 14ވަނަ ދުވަހު 11:30ގެ ނިޔަލަށެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ މަސައްކަތްތައް ކުރާ ޤައުމީ ދާރުލްއާސާރު ބިނާއަށެވެ.
މިނިސްޓްރީން ބުނީ, ބީލަން ހުށަހަޅާ ފަރާތަކީ، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެއްވެސް އިދާރާއެއްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް މީހެއްކަމުގައި ވާނަމަ ނުވަތަ މިނިސްޓްރީގެ އެއްވެސް އޮފީހެއްގައި ވަޒީފާ އަދާކުރާ ފަރާތެއް ނަމަ އެކަމުގެ މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެކަމަށެވެ. މިފަދަ ލިޔުމެއް ހުށަނާޅާ ހުއްޓައި އެކަން އެނގިއްޖެނަމަ, އިތުރު އެންގުމަކާ ނުލައި ބީލަން ބާތިލުވާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ, އެ މިނިސްޓްރީގެ ޕީއާރު މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ މިނިސްޓްރީގެ މަގުބޫލުކަން އާންމުންގެ މެދުގައި އިތުރުކުރުމަށް ކަމަށެވެ. އަދި މިނިސްޓްރީން ކުރިއަށްގެންދާ އިވެންޓުތަކާއި ޕްރޮގްރާމްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީ, މީޑިއާއާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރަން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކަކީ:
މި މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމުގައި އެ ބަޔަކު ހުށަހަޅާ އަގާއި ތަޖުރިބާ އަދި ޕްރޮޕޯސަލްއަށް ބާލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

5 މަސް ކުރިން
-908d3622.jpg)
5 މަސް ކުރިން

5 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން