-8402fff9.png)

މަރްޔަމް މާޙީ

މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރާ މަގުސަދަކީ ދިވެހީންގެ އަމިއްލަވަންތަ ގޮތްތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި އިސްލާމީ ރިވެތި އާދަކާދައާއި އަހުލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށެއްގައި ވެސް އެއް އުސޫލަކުން ވީހާވެސް ކުލަގަދަގޮތެއްގައި އީދުގެ ހަރަކާތްތައް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުން ކަމަށެވެ.
މި ހަރަކާތަށް ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ހަމައެކަނި ކައުންސިލްތަކަށެވެ. އަދި ޕްރޮޕޯޒަލް ހުށައަޅާ ކައުންސަލްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ކައުންސިލަކަށް އެ ފުރުސަތު ލިބި މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެގޮތުން މިނިސްޓްރީގެ ފަރާތުން މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތިން ރަށެއްގައެވެ.
ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ މޭ މަހުގެ އެއްވަނަ ދުވަހުގެ 13:00ގެ ކުރިންނެވެ.

5 މަސް ކުރިން

5 މަސް ކުރިން
-908d3622.jpg)
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން