-8402fff9.png)
ފާތިމަތު މިޝްކާ

ހއ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓެޔާޑު އަލީ ޒުހައިރެވެ.
އެއީ ރަސް ޑރ. މުހައްމަދު މުއިއްޒުގެ ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި، ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ހިންގާ މަޝްރޫއެކެވެ.
އެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަސީރު ދެއްކެވި ވާހަކަފުޅުގައި، އެ ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ވަރަށް އިސްކަންދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާފައިނުވާ ފަދަ ތަފާތު މަޝްރޫއަކަށް މި މަޝްރޫއު ވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތެރޭގައި އިގްތިޞާދީ ބަޔަކާއި، އިއާދަކުރުމުގެ ބަޔަކާއި، ޒަމާނީ ޓެކްނޯލޮޖީގެ ބަޔަކާއި، ދިވެހީންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ތަރިކަ އަލުން ހިމެނުން އެކުލެވިފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އދ. ހަންޏާމީދޫ ކަލާފާނު ޒިޔާރަތް އާބާތުރަފިލުވައި ތަރައްގީކުރުމުގެ މަސައްކަތް ވެސް މި މަހުގެ 10 ވަނަ ދުވަހު ވަނީ އާރްޑީސީއާ ހަވާލުކޮށްފައެވެ.

5 މަސް ކުރިން

5 މަސް ކުރިން
-908d3622.jpg)
5 މަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން