-8402fff9.png)
ސައިފުﷲ އަލީ

ވަޒީރު ހީނާ މައުރަޒަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އާކިޓެކްޗާއަށް އަންނަ ބަދަލުތައް ދައްކުވައިދޭ މައުރަޒަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޒިޔާރަތްކުރައްވައިފިއެވެ.
މި މަހުގެ 2 އިން 18 އަށް ކުރިއަށް ދިޔަ މި މައުރަޒަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކޮށްފައިވާ އާކިޓެކްޗަރަލް ފަރުމާތަކާއި އޭގެ މުއްސަނދި ތާރީހު ދައްކުވައިދިނުމަށް "މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ: އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ"ގެ ނަމުގައި ކުރިއަށް ދިޔަ މައުރަޒެކެވެ. މި މައުރަޒުގައި 1972 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރިސޯޓުތަކުގެ އާކިޓެކްޗާއަށް އައިސްފައިވާ ބަދަލުތައް ތަރުތީބީ ގޮތެއްގައި ދައްކާފައެވެ.
މި މައުރަޒުގައި ދައްކާލި ކުރެހުންތަކާއި މޮޑެލްތަކާއި ފޮޓޯތަކަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ފަންނުގެ ތަޖުރިބާކާރު އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ކުރިން ފުރުއްވި މައުރޫފު ޖަމީލުގެ މަސައްކަތްތަކާއި ދާއިރާގެ ޖަމާއީ ކުރިއެރުން ދައްކައިދޭ ރަމްޒުތަކެކެވެ. މިއީ ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ މުއްސަނދިކަން އާންމުންނަށް ދައްކާލުމަށާއި، މި ދާއިރާގެ ކުރެހުންތަކާއި ފަރުމާތައް ތާރީހަށްޓަކައި ރައްކާކޮށް ދިރުވުމުގެ މަގުސަދުގައި ބޭއްވި މައުރަޒެކެވެ.
މި މައުރަޒަށް ކުރެއްވި ޒިޔާރަތަށްފަހު ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ހީނާ ވިދާޅުވީ، މިފަދަ އެގްޒިބިޝަނެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ ކުރީކޮޅުގެ އުފެއްދުންތަކަކީ ތާރީޚުގެ ވަރަށް މުހިންމު ބައެއްކަން އަންގައިދިނުން ކަމަށެވެ.
މި މައުރަޒުގައި ފެންނަން ހުރި އާޓްވޯކްތަކުގެ ތެރޭގައި މައުރޫފްގެ އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތަކުގެ އިތުރުން، ރިސޯޓުތަކުގެ ފްލޯ ޕްލޭންތަކާއި، ކުރީގެ ބައެއް ފޮޓޯތަކާއި، ކުދި ތްރީޑީ (3D) މޮޑެލްތައް ހިމެނެއެވެ.
ޚާއްސަކޮށް، ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ރިސޯޓުތަކުން ނެތިގެން ގޮސްފައިވާ ބައެއް މުހިންމު އާކިޓެކްޗަރަލް ފަރުމާތަކުގެ މޮޑެލްތަކާއި ކުރެހުންތައް މި އެގްޒިބިޝަންގައި ވަނީ ދައްކާލާފައެވެ.
މައުރޫފު ޖަމީލަކީ 2025 ވަނަ އަހަރު އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެން ހުންނެވި ޢިލްމީ ތަޖުރިބާކާރު ބޭފުޅެކެވެ. ގިނަ ބައެއްގެ ތަރުހީބު މި މައުރަޒަށް ލިބުނުކަން މައުރޫފު ފާހަގަ ކުރެއްވި އެވެ.
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-908d3622.jpg)
5 މަސް ކުރިން

5 މަސް ކުރިން