-8402fff9.png)
އައިޝަތު ހިދާޔާ

ގައުމީ ދާރުލްއާސާރު މަރާމާތު ކުރުމުގެ މަޝްރޫއެއް ޗައިނާ ސަރުކަރުގެ އެހީގައި ވަރަށް އަވަހަށް ފަށާނެކަމަށް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްަޓަރު, ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ, މިހާތަނަށް ދާރުލްއާސާރުގެ ބޮޑު މަރަމާތެއް އަދި ކުރެވިފައި ނުވާކަމަށެވެ.
"އަޅުގަނޑު ހަމަ ގޮސްފައި ބަލައިލިން އެއްވެސް މަރާމާތެއް ކުރެވިފައި ވޭތޯ. އަޅުގަނޑަކަށް ހަމަ ހޯދައިހޯދާ ވެސް އެ ކުރެވުނު މަރާމާތެއް, ކޮށްފައިވާ ކަމެއް އަދި ފެންނާކަށް ނެތް.," ހީނާ ވިދާޅުވިއވެވެ.
އޭނާ ވިދާޅުވީ ދާރުލްއާސާރު މަރާމާތުކުރަން ވަރަށް ބޮޑަށް ޖެހިފައި ވާކަމަށާއި ދާރުލްއާސާރު ޑިޖިޓަލައިޒް ކުރަން ވެސް ޖެހިފައި ވާކަމަށެވެ.
"ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން ދާރުލްއާސާރު މަރާމާތު ކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް މިހާރު އަޅުގަނޑުމެން ފެށުމުގެ މަގުމަތީގައި މި ވަނީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުން. އެހެންވީމައި ވަރަށް އަވަހަށް އަޅުގަނޑުމެން އެ ޕްރޮޖެކްޓް ފަށާނެ ވާހަކަ ދަންނަވަން," މިކަމަށް ބޭނުންވާ ފަންޑިން މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި ހީނާ ވިދާޅުވިއެވެ.
ދާރުލްއާސާރުގެ ގޮތްޕެއްގެ ގޮތުގައި އިންޓެރެކްޓިވް މިއުޒިއަމެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ކުރިއަށްއޮތް ތަނުގައި ދާރުލްއާސާރުގެ ޚިދުމަތްތަކާއި އެތަނުން ލިބޭ މުހިންމު ވަސީލަތްތައް ވެސް ވަރަށް ބޮޑަށް ފުޅާވާނެ ކަމަށެވެ.
އެހެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, ދާރުލްއާސާރުގައި މިވަގުތު 600އެއްހައި އާސާރު ޑިސްޕްލޭ ކުރެވިފައި ވާކަމަށެވެ. އޭގެތެރޭގައި 1500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސާރު ވެސް އެބަހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދާރުލްއާސާރުގައި 7000އެއްހައި އާސާރު މުޅި ޖުމުލަ ހުރި ނަމަވެސް, އެ ތަކެތި ދަރަޖަކުރާ މިންގަނޑުތައް ތަފާތުކަމަށެވެ. އަދި މި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދާރުލްއާސާރު މިހާތަނަށް މަރާމާތު ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް, މިދިޔަ ސަރުކާރުން ވަނީ ދާރުލްއާސާރު މަރާމާތު ކުރުމުގެ މަސައްކަތެއް ކޮށްފައެވެ. މި މަސައްކަތް އޭރު ކޮށްފައި ވަނީ ގައުމީ ބޭންކް (ބީއެމްއެލް)ގެ ގްރާންޓް އެހީއާއި ދައުލަތާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެންނެވެ.
މަރާމާތަށްފަހު ދާރުލްއާސާރު ހުޅުވައިފައި ވަނީ, 2023ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30ވަނަ ދުވަހުއެވެ.
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-908d3622.jpg)
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން