-8402fff9.png)
ފާތިމަތު މިޝްކާ
-d3ae8d55.jpg)
ދިވެހިރާއްޖެއިން ވަޒީފާ ހޯދައިދޭނެކަމަށް ބުނެ އޮޅުވާލައިގެން ޒުވާނުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލައި، ސައްހަ ނޫން ވޯކް ޕާމިޓް ދޫކުރި އިންޑިއާގެ ރައްޔިތަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ އާޒަމްގަޅު ސައިބާ ސެލް އަދި ސިދާރީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އާޒަމްގަޅަށް ނިސްބަތްވާ ރާހުލް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އާޒަމްގަޅުގެ އޭއެސްޕީ ޗިރާގް ޖައިން މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މީހާއަކީ ރާއްޖެއިން ބޮޑު މުސާރަ ލިބޭ ވަޒީފާތައް ހޯދައިދޭނެކަމަށް ބުނެ ޒުވާނުންނަށް އޮޅުވާލައިގެން ކޮންމެ މީހެއްގެ އަތުން ފަންސާސް ހާހާއި ލައްކައަކާ ދެމެދުގެ އަދަދަކަށް ފައިސާ އަތުލަމުންދިޔަ މީހެއް ކަމަށެވެ. އޭނާ މި ފައިސާ ހޯދާފައިވަނީ ވޯކް ޕާމިޓާއި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށްދިނުމުގެ ނަމުގައެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ، އޭނާގެ އަތުން ވޯކް ޕާމިޓް ހޯދި މީހަކަށް އެއީ ސައްހަ ލިޔުމެއް ނޫންކަން އެނގިގެން ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. އެ މީހާ ވަނީ ވަޒީފާގެ ބޭނުމުގައި ބޮޑު އަދަދަކުން ފައިސާ ދައްކާފައެވެ. ނަމަވެސް އެއްވެސް ސައްހަ ވިސާއެއް ނުވަތަ ވަޒީފާގެ ލިޔުމެއް އޭނާއަށް ލިބިފައެއް ނުވެއެވެ. ހައްޔަރުކުރި ވަގުތު އޭނާގެ އަތުން ރާއްޖޭގެ ސައްހަ ނޫން ވޯކް ޕާމިޓްތަކަކާއި، މޯބައިލް ފޯނެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އެހެނިހެން ހެކިތައް ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ހައްޔަރުކުރެވުނު މީހާއަކީ ބޭރު ގައުމުތަކުން ވަޒީފާ ހޯދަން ބޭނުންވެފައިވާ ނާޒުކު ހާލަތްތަކުގައި ތިބޭ ޒުވާނުންނަށް އަމާޒުކޮށްގެން އޮޅުވާލުމުގެ އަމަލުތައް ހިންގާ ބޮޑު ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. މި މައްސަލައާ ގުޅިގެން އިންޑިއާގެ ފުލުހުން ދަނީ މި ނެޓްވޯކުގައި ހިމެނޭ އިތުރު މީހުން ދެނެގަތުމަށާއި، މިހާތަނަށް ކިތައް މީހުންނަށް އޮޅުވާލާފައިވާކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހައްޔަރުކުރެވުނު މީހާގެ މައްޗަށް އިންޑިއާގެ ޕީނަލް ކޯޑާއި އައިޓީ އެކްޓްގެ ކަމާބެހޭ މާއްދާތަކުގެ ދަށުން މިހާރު ވަނީ ދައުވާ އުފުލާފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-81c586bb.png)
4 މަސް ކުރިން

4 މަސް ކުރިން
-30d9c2a3.jpeg)
5 މަސް ކުރިން