-8402fff9.png)
އައިޝަތު ހިދާޔާ

މިހާރު މުޅި ރައްޖެއަށް މި ކުރާ ވިއްސަރައިގައި އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޮށްވެ އެ މަގު ބޭނުން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން ނެރުނު އިލްތިމާސެއްގައި ވަނީ, އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށުތެރޭ ފެންބޮޑުވެފައިވާތީ ފެން ހިންދުމަށްޓަކައި ޕަމްޕް އެޅުމަށް އެކި ސަރަހައްދިތަކުގައި މިހަރު ހޮޅި އަލާފައި ވާކަމަށެވެ.
އަދި މި ވިއްސާރައިގެ ސަބަބުން ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ ނުރައްކާތެރި ހާަތުގައި ވާތީ މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ނޫން ގޮަތަކަށް މަގު ބޭނުން ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން, އައްޑޫ ލިންކް ރޯޑާއި އެހެނިހެން މަގުތައް ބޭނުންކުރުމުގައި ވެސް ސަމާލުވެ ފެން ބޮޑުވެފައިވާ ސަރަހައްދުތަކަށް ބަލައިގެން އުޅަނދު ސްޕީޑު މަޑުކޮސް ދުއްވުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އިލްތމާސްކޮށްފައެވެ.
ރައްޖެއަށް މޫސުން ގޯސްވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ މެންދުރު 2:00އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ވެސް, ސ. މަގަށާއި ސ. ހިތަދޫއަށެވެ. ގަމަަށް 100.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު, ހިތަދޫއަށް 80.9 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

3 ދުވަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން