-8402fff9.png)
އައިޝަތު ހިދާޔާ

ސްރީލަންކަން އެއާލައިންސްއިން އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
އެ އެއާލައިނުން ބުނީ ދަތުރުތައް އިތުރުކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެދުވަހުން ފެށިގެން ހަފުތާއަކު ތިން ދަތުރު ގަމަށް ކުރަން ނިންމާފައި ވާކަމަށް ސްރީލަންކަން އެއާލައިނުން ބުންޏެވެ.
ސްރީލަންކަން އިން ގަމަށް ސީދާ ދަތުރުތައް ކުރަންފެށިތާ މިހާރު ވަނީ 10 އަހަރު ވެފައެވެ. މި ދަތުރުތަކަށް ބޭނުންކުރަނީ އެއާބަސް A320 އަކާއި A321އެކެވެ. ގަމުން ސްރީ ލަންކާގެ ބަންޑާރަނައިކެ އެއާޕޯޓަށް ކުރާ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ގަޑިއިރާ 50 މިނެޓެވެ.
ސްރީލަންކަން އިން ގަމަށްކުރާ ދަތުރުތައް އިތުރުކުުރުމުގެ ސަބަބުން ދެކުނުގެ ރަށްތަކުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ފުޅާވާނެއެވެ. އަދި ދެކުނުގެ ރަށްތަކުން އޭޝިއާގެ ގައުމުތަކަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން