-8402fff9.png)
ސައިފުﷲ އަލީ
-fae7d00d.jpeg)
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑު އަލުން ހަދައި ފުޅާކުރުމުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތަލިބެވެ. ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް ބާރަ ޕޮއިންޓް ތިނެއް ކިލޯމީޓަރުގެ މަގު ތަރައްގީ ކުރާނެއެވެ. އަދި މިހާރު ދެ ލޭނަށް އޮތް އެ މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެއެވެ.
ރޯޓައިމް އިންޖިނިއަރިންއަކީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކުރިން ވެސް ޙަރަކާތްތެރިވެފައިވާ ކުންފުންޏެކެވެ. އެގޮތުން ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
އައްޑޫގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން އެއްގަމު މަގުން ގުޅާލައިދޭ ލިންކް ރޯޑަކީ އެ ސިޓީގެ ގިނަ ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މުހިންމު ވަސީލަތެކެވެ. ނަމަވެސް މަގުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މަގުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދުއްވާ މީހުންނަށް ނުރައްކާތެރި އެކްސިޑެންޓްތައް ކުރިމަތިވެ އަނިޔާތައް ލިބެމުންދެއެވެ. މީގެ އިތުރުން ވިޔަފާރި މުދާ އުފުލުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން މުޅި ސިޓީގެ އިގްތިޞާދީ ޙަރަކާތްތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ލިންކް ރޯޑް މަރާމާތުކުރުމުގެ މަޝްރޫޢުތައް އެކި ފަހަރު މަތިން ކުރިން އިއުލާނު ކުރި ނަމަވެސް، އަމަލީ ގޮތުން ދާއިމީ ހައްލެއް ލިބޭނެ މަސައްކަތެއް ދިގު މުއްދަތެއްގައި ކުރެވިފައެއް ނުވެއެވެ.

3 ދުވަސް ކުރިން

2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން