-8402fff9.png)

އައްޑޫ ހިތަދޫ ސިޓީ ސްކޮއާ --- ސިޓީ އޮފް އައްޑޫ
އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރޭތީ ރަށުތެރެ ސާފުކުރަން އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ސިޓީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނުގައި ވަނީ, މިދުވަސްވަރު އައްޑޫސިޓީގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުން އިތުރުވަމުން އަންނަކަމަށެވެ. އެހެންކަމުން މަދިރި މަދުކުރުމުގެ މަސައްކަތް އަވަށްތަކުގައި ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގަމުންދާކަމަށް އިއުލާނުގައި ވެއެވެ.
އެހެންކަމުން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް އެންމެހައި ފަރާތްތަކަށް ސިޓި ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެެވެ. އެގޮތުން މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ސާފުކޮށް ގެއާއި ގޯތިތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތަކާއި، މަގުތަކަށާއި ގެއާއި އިންވެގެން ހުންނަ ގޭގެއަށް ދަތިވާގޮތަށް ހުރި ގަސްތައް ކޮށައި ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ސިޓީ ކައުންސިލުން މިފަދައިން އިލްތިމާސްކޮށްފައިވި ނަމަވެސް, އައްޑޫގައި ޑެންގީއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެކުއަޓޯރިއަލް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑުގައި ރިއްސުމާއި، ލޭ އެތެރެއަށް އެޅުމާއި، ވަރުބަލިވުން ހިމެނެއެވެ. މި އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
މި ބަލިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މަދިރިން ރައްކާތެރިވުމަށް ފަތިސް ގަޑީގަ އާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕަން ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ. ސަބަބަކީ އެއީ މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމަށްވާތީއެވެ.

3 ދުވަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-035f590a.jpg)
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން