-8402fff9.png)
ސައިފުﷲ އަލީ
-cababfdb.jpg)
މާލެ ސިޓީ ކައުންސިލްގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްކަން، އެ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޖުތަބާ ޖަލީލު މިއަދު ސާފުކޮށްދެއްވައިފިއެވެ.
މުޖުތަބާ މިކަން ސާފުކޮށްދެއްވީ މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާއަށް ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ފޭސްބުކުގައި ކުރެއްވި މެސެޖެއްގަ އެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި މުޖުތަބާ ވަނީ، މާލެ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމަށް ހިންގި ނުވަ މިލިއަން ރުފިޔާގެ މަޝްރޫޢާ ހަވާލުކުރި "އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑް"އަކީ ރައީސް މުއިއްޒާ އެއްވެސް މިންވަރެއްގެ ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން ޔަގީންކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކައުންސިލުން ހިންގި އެއްވެސް މަޝްރޫޢެއްގެ ޕްރޮކިއުމަންޓް މަރުހަލާގެ ތެރެއަށް ނުފޫޒު ފޯރުވައި، ވަދެވަޑައިގެންފައި ނުވާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މުޖުތަބާ މިކަންކަން އާންމުންނަށް ތިލަކޮށްދެއްވާފައި މިވަނީ، ރައީސް މުޢިއްޒާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނަހަމަގޮތުގައި އެ މަޝްރޫޢު ދީފައިވާކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ކައުންސިލްގެ ބައްދަލުވުމަށް އެޖެންޑާކުރެއްވީ ވެސް ކައުންސިލަރު ފާޠިމަތު ޒަހިއްޔާއެވެ.
2021އިން ފެށިގެން 2023ގެ ނޮވެމްބަރު މަހުގެ ނިޔަލަށް ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމު ފުރުއްވި މުޖުތަބާ ވިދާޅުވި ގޮތުގައި، ޑިޖިޓަލައިޒޭޝަން މަޝްރޫޢަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ހުރިހާ ކައުންސިލަރުންގެ ފުރިހަމަ ތާއީދާ އެކު ފާސްކޮށްގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅީ އާންމުކޮށް އިއުލާނުކޮށްގެން، ޕްރޮކިއުމަންޓުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން އޭނާ ވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން