-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގައި އިންޖިނޭރިން ދާއިރައިން ކިޔަވާ ދަރިވަރުން މަދުވުމަކީ ހައްލު ހޯދަންޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
އިއްޔެ ވަނީ އިންޖިނޭރުންގެ ދުވަސް ފުރަަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކޮށްފައެވެ. މި ދުވަސް ފާހަގަކުރުމަށް މިނިސްޓްރީގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި މިނިސްޓަރު ވިދާލުވީ, މި ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުން މަދުވުމަކީ ރާއްޖޭގެ އިންޖިނޭރިން ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ރާއްޖޭގައި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްވެފައިވާއިރު, ސައިންސްގެ ދާއިރާއިން ކިޔަވަނީ 100އަށްވުރެ މަދުކުދިން ކަމަށް އޭނާ ވިދާޅުވިއެވެ މީގެތެރެއިން ވެސް އިންޖިނޭރިން ކިޔަވާ ދަރުވަރުން ވަކިން މަދުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ގައުމީ ޔުނިވާސިޓީގައި އިންޖިނޭރިން ޑިގްރީ ކޯސް ފެށުމަށްޓަކައި ބޭނުންވާ އަދަދަށް ކުދިން ނުލިބޭ," މުއްތަލިބް ވިދާޅުވިއެވެ.
އޭލެވެލް ނިންމުމަށްފަހު އިންޖިނޭރިން ދާއިރާއިން ކިޔަވަން ދަރިވަރުން ބޭނުންނުވާ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނަ ވިދާލުވިއެވެ.
"...ހައްލު ކުރަން ވެސް ޖެހޭ ކަމެއް. އެކަމަށް އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތް ވެސް ކުރަންޖެހޭ ކަމެއް," މިނިސްޓަރު ވިދާޅުވީއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ, މި ދާއިރާއިން ތައުލީމު ހާސިލްކުރުމުން ސަރުކާރު ވަޒީފައެއް ހޯދަން ނުވަތަ ސިޔާސީ ވަޒީފާއެއް ހޯދަން ކޮންމެހެން އުޅެން ނުޖެހޭނެކަމަށެވެ. މިއީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަސޭހައިން ވަޒީފާ ހޯދޭނެ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޖޭގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ރާއްޖޭގެ ތަރައްގީގައި އިންޖިނޭރުންގެ ހިއްސާ ފާހަގަކޮށް, މި ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުން ދާއިރާގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުން މަދުވުމުގެ ކަންބޮޑުވުން މީގެކުރިން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންޖިނޭރިން ދައިރާއިންދޭ ސްކްލާޝިޕް އިތުރުކުރުމާ ގުޅޭގޮތުން ވެސް މީގެކުރިން މިނިސްޓަރު ވަނީ ވާހަކަ ދައްކަވާފައެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން