-8402fff9.png)

މަރްޔަމް މާޙީ

އަންނަ އަހަރުން ފެށިގެން އިންޖިނޭރުންނަށް ގައުމީ އިނާމު ދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިއަދު ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ ގައުމީ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ ހިތާބުގައި, ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އިންޖިނޭރުން ކޮށްދޭ ދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑުދިމުނަށް ނިންމައިފައިވާކަން އިއުލާނު ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ މި ހިދުމަތުގެ އެކި ދާއިރާތަކުގައި މަސައްކަތްކޮށްދެއްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ އިންޖިނޭރުންނަށް، ދުވަހުގެ މުނާސަބަތުގައި މަރްހަބާއާއި ޝުކުރު ދަންނަވާފައެވެ. އަދި ދިރާސާތަކަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރާނެކަމުގެ ޔަގީން ރައީސް ވަނީ ދެއްވާފައެވެ.
މިއަހަރުން ފަށައިގެން ކޮންމެ އަހަރެއްގެ ވެސް އޮގަސްޓު 30 ވަނަ ދުވަސް ފާހަގަކުރާނީ ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން