-8402fff9.png)

މަރްޔަމް މާޙީ

އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިިފިއެވެ.
އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ, ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ އެތަން އިފްތިތާހް ކުރެވުނީ މި ދުވަހުގައި ކަމުގައިވާތީ ކަމަށެވެ.
އަދި އެއީ މިފަދަ ދުވަހެއް ފާހަގަކުރަން އެންމެ އެކަށީގެންވާ ދުވަސް ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ސިނަމާލެ ބުރިޖު ހުޅުވިވިތާ 7 އަހަރު ވެފައިވާއިރު، އެތަނުގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިގްތިސޯދަށް، އަދި އިޖްތިމާއީ ހުރިހާ ހިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.
ރައީސްގެ މި ނިންމެވުމާއެކު ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ފާހަގަ ކުރާނީ ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން