-8402fff9.png)
މިންހާ އަބްދުالله

ވަޒީރު ގީލާ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަނީ / ފޮޓޯ: މަޖިލިސް
ނަފްސާނީ ބަލިތަކަށް އެންމެ ގިނައިން ފަރުވާ ހޯދަނީ މާލެ ސަރަހައްދުން ކަމަށާއި އެހެންކަމުން އެކަމަށް ހާއްސަ ވަކި ހޮސްޕިޓަލު އަޅާނީ މި ސަހަރައްދުގައި ކަމަށް ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޒީރު ހާޒިރުކުރެއްވުމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އެ ހޮސްޕިޓަލު އެޅުމަށް ވަކި ސަރަހައްދެއް ބެލުމަށް ދިރާސާއެއް ހަދާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ހޮސްޕިޓަލު އެޅުމުގައި ބަލާނީ އެންމެ ގިނައިން އެކަމަށް ފަރުވާ ހޯދަން އަންނަ މީހުން އުޅޭ ސަރަހައްދަކަށް ނުވަތަ ލިބެން ހުރި ވަސީލަތްތަކަކަށް ކަމަށް ވިދާޅުވި އެވެ.
އެންމެ ގިނައިން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަނީ މާލެ ސަރަހައްދުން ކަމަށާއި ނިމުނު 3 އަހަރުގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ 70،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ނުވަތަ ފަރުވާ ހޯދުމަށް އެ އަދަދަށް މީހުން އައިސްފައިވާއިރު މީގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށް ގީލާ ވިދާޅުވި އެވެ.
ހިދުމަތް ބޭނުންވާ މީހުން ގިނައީ މާލެ ސަރަހައްދުގައި ކަމަށް ބެލެވޭތީ އެ ހޮސްޕިޓަލު އެޅުމަށް 10،000 އަކަފޫޓޫގެ ބިމެއް ކަނޑައަޅާފައިވާކަމަށް ގީލާ ވިދާޅުވި އެވެ.
މާލެއިން ބޭރުން ނަފްސާނީ ފަރުވާ ލިބެން ހުންނަނީ މަދު ހޮސްޕިޓަލުތަކެއްގަ އެވެ. ތެރަޕީ އަދި ސައިކޭޓްރިކް ޑޮކްޓަރުންގެ ހިދުމަތް މާލެއިން ބޭރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދިޔަނަމަވެސް އެކަމަކީ ލަދުވެތިކަމެއްގެ ގޮތުގައި ދެކި ގިނަ މީހުން ފަރުވާ ހޯދުމަށް ފަސް ޖެހެވެ އެވެ. އަދި ގިނަ ރަށްތަކުގައި އެފަދަ ވަސީލަތްތައް ނުހުންނާތީ ގިނަ ރަށްތަކުން އެ ހިދުމަތް ހޯދަން މާލެ އަންނަކަން ވެސް ފާހަގަކުރެވެ އެވެ.
ނަފްސާނީ ސިއްހަތަށް ވަކި ހާއްސަ ޔުނިޓުތަކެއް ސަރުކާރުގެ ހޮސްޕިޓަލުތަކުގައި އެންމެ ފުރަތަމަ ގާއިމްކުރަން ފެށީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން