-8402fff9.png)
ފާތިމަތު މިޝްކާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް ބަރާބަރަށް ޖަމާނުވާ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ކޮންމެ މަހެއްގެ ވެސް ވަކި ވަގުތެއްގެ ކުރިން އެ ފައިސާ ޖަމާވާނެގޮތެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ފަހަކަށް އައިސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދެމުންދާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީހަށް ބަރާބަރަށް ޖަމާވަމުން ނުދާކަން ފާހަގަކޮށްފައިވެ އެވެ. ސިޓީގައި މެމްބަރު ކުޑޫ އެދިވަޑައިގެންފައިވަނީ ކޮންމެ މަހެއްގައި ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ކަނޑައެޅުމަށް މަޖިލީހުން ބާރުއަޅުއްވައި ދެއްވުމަށެވެ.
ކުޑޫގެ ސިޓީގައި މި އިނާޔަތަކީ ގިނަ ބައެއްގެ ބޭސް ފަރުވާއަށާއި އަމިއްލަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި ފައިސާކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، މި ފައިސާ ޖަމާވުން ލަސްވުމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން މާލީ އަދި ނަފްސާނީ ދަތިތަކާއި ކުރިމަތިވާކަން ފާހަގަކޮށްފައިވެ އެވެ.
މި ސިޓީގައި މަޖިލީހުގެ ކަމާއި ގުޅޭ ކޮމެޓީއަށް މި މައްސަލަ ހުށަހަޅައި ދެއްވުމަށް ކުޑޫ އެދިވަޑައިގެންފައިވެ އެވެ. އަދި އެންސްޕާ އާއި މިކަމާ ގުޅޭ ސަރުކާރުގެ އިދާރާތައް ޖަވާބުދާރީ ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން