-8402fff9.png)
އައިޝަތު ހިދާޔާ

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓަށް އެންމެ ގިނައިން ހުށަހެޅީ ކުނީގެ މައްސަލަތައް ކަމަށް ސިޓީ ކައުންސިލުން އާޞްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓަށް މިދިޔަ މަހުގެ 26ވަނަ ދުވަހުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. މި ތަފާސްހިސާބުން ދައްކާގޮތުގައި އެ މުއްދަތުގައި ޖުމުލަ 321 މައްސަލަ އެ ޔުނިޓަށް ހުށަހަޅާފައި ވެއެވެ.
އޭގެތެރޭގައި އެންމެ ގިނައީ ކުނީގެ މައްސަލައެވެ. މަގުތަކާއި ގޯޅިތަކާއި ހުސް ބިން އަދި ފަޅުތެރެއަށް ކުނި އެޅުމުގެ 256 މައްސަލައެއް އެ ޔުނިޓަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެ ޔުނިޓަށް ރިޕޯޓުކޮަްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި:
ސިޓީކައުންސިލުން ބުނީ މީގެތެރެއިން ނިންމިފައި ވަނީ 96 މައްސަލަ ކަމަށެވެ. އަދި 225 މައްސަލައެއްގެ ފޮލޯއަޕް ބަލާފައިވާއިރު އަށް މައްސަލައެއްގައި ނަސޭހަތް ދީފައި ވެއެވެ. އަދި ފަސް މައްސަލައެއްގައި ޖޫރިމަނާ ކޮށްފައި ވެއެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-332a20ca.jpeg)
4 މަސް ކުރިން

4 މަސް ކުރިން