-8402fff9.png)
އައިޝަތު ހިދާޔާ

މާލޭ ހެންވޭރު ސަހަރާ ކައިރީ ކުނި ބެހެއްޓި ބަޔަކު ނުވަތަ މީހަކު ހޯދަން މާލޭ ސިޓި ކައުންސިލުން ފަށައިފިއެވެ.
ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި, އެސަރަހައްދުގައި ބަހައްޓާފައި ހުރީ ކާޑުބޯޑުތަކަކާއި ފިލަތަކެއްގެ އިތުރުން ގިނަ ދުވަސްވެފައިވާ ފަރުނީޗަރު ފަދަ ތަކެއްޗެވެ.
މިކަމާ ގުޅިގެން ސިޓި ކައުންސލުން ކުރި ޕޯސްޓެއްގައި ވަނީ, އެތަނަށް ކުނި އެޅި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަުންދާކަމަށެވެ. އަދި މާލޭގެ މަގުތަކަށާއި ފަޅުތެރެއަަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ ސިޓީ ކައުންސިލްގެ 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވައިދިނުމަށް ސިޓި ކައުންސިލުން ވަނީ އެދިފައެވެ.
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ވެސް ސިޓި ކައުންސިލުން ބުންޏެވެ.
މިއަދު ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައި ހުރި ބަލްކު ކުނިތައް ވެސް ސާފުކުރަން ފަށައިފައެވެ.
މީގެއިތުރުން ދުނިޔޭގެ ސާފު ކުރުމުގެ ދުވަހާ ގުޅިގެން ލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ވެސް މާލޭސިޓީ ކައުންސިލުން އިއްޔެ ވަނީ ކޮށްފައެވެ.
މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ މީހުން ހޯދުމަށް ސިޓީ ކައުންސިލުން ކުރިން ވެސް އިއުލާނު ކުރެއެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-332a20ca.jpeg)
4 މަސް ކުރިން

4 މަސް ކުރިން