-8402fff9.png)
އައިޝަތު ހިދާޔާ

މާލޭގައި މަދިރި އާލާވާގޮތަށް ހުރި ތަނެއް -- ފޮޓޯ/ ސިޓީ ކައުންސިލް
މަދިރިން ޖެހޭ ބަލިތައް ކޮންޓަރޯލްކޮށް, މަދިރި ނައްތައިލުމަށް މިދިޔަ މަހު އެކަނި ވެސް މާލެއިން 1651 ގެއަކާއި އެކި ތަންތަން ބަލައި ފާސްކޮށްފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލްގެ ޕެސްޓް ކޮންޓްރޯލް ޔުނިޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ އެއްވަނަ ދުވަހުން 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މަދިރި އުފެދޭ ގޮތަށް ހުރި 606 ތަނެއް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން 35 ތަނަކުން މަދިރި ފަނި ފެނިފައިވާއިރު، 27 ގެއަކުން ވަނީ މަދިރި ފެނިފައެވެ.
މި މަސައްކަތުގެ ތެރެއިން، ބަލައި ފާސްކުރި ތަންތަނުގެ ތެރެއިން މައްސަލަ ހުރި 150 ގެއަކާއި ތަނެއް ވަނީ ފާހަގަކުރެވިފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 283 ތަނެއް އިސްލާހު ކުރުމަށް ކައުންސިލުން އަންގާފައިވާއިރު، 157 ތަނަކަށް ވަނީ މަދިރި ބޭސް އަޅާފައެވެ. މީގެ އިތުރުން، ހަގތަރު ބްލޮކެއްގެ ތަންތަން ފޮގްކޮށް، މާލޭގެ ނުވަ މަގެއްގައި ފޮގް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައި ވާކަމަށް މި ތަފާސްހިސާބުތައް ދައްކައެވެ.
މި މަސައްކަތާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މަދިރި އާލާ ނުވާނެ ފަދަ ގޮތަކަށް މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުން މުހިންމު ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މޭޔަު ދެއްވިއެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން މަދިރި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-332a20ca.jpeg)
4 މަސް ކުރިން

4 މަސް ކުރިން